ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިން ބިދޭސީއެއްގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައެއް ބަލަން ފަށައިފި އެވެެ.
ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔަ ބިދޭސީއެއްގެ އެކްސްރޭއެއްގެ ފޮޓޯއެއް ލީކްކޮށްލި ކަމަށް ތުހުމަތު ކުރަނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ އަންހެން ނަރުހަކަށެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބިދޭސީ މީހާގެ ޒާތީ މައުލޫމާތު އާންމު ކުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އެކަމަކު ތުހުމަތު ކުރެވޭ މީހާއަށް އެއްވެސް ފިޔަވަޅެއް އެޅި ކަމަކަށް އެ މިނިސްޓްރީ އަކުން ނުބުނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ މިމައްސަލައި ބެލުމަށްފަހު މިކަމުގައި ޝާމިލްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އިތުރު ތަފްސީލެއް ހޮސްޕިޓަލުންވެސް ނުދެ އެވެ.
ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށް ދާ މީހުންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަނާ ކަމެކެވެ.
+1
+1
+1
+1
+1
+1