މަސްތުވެގެން ހުރެ މާލޭގެ މަގުމަތީގައި ހަމަނުޖެހުން ހިންގި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިގޮތުން ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މާލޭ މުރަނގަ މަގުގައި ހުންނަ ޝޮޕީސް ފިހާރަ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި މީހަކު ހަމަނުޖެހުން ހިންގި ކަމުގެ ރިޕޯޓު ރޭ ދަންވަރު 00:05 ހާއިރު ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ، ދިލާސާގެ، އިބްރާހީމް ޒާހީ ސުލައިމާނެވެ. މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންނެވެ.
+1
+1
+1
+1
+1
+1