މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ މީހަކާ، 26 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
މި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 7 ދުވަސް ޖަހައިފަ އެވެ.
މި އެންމެންގެ މައްޗަށް ކުރެވެނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ.
ހައްޔަރުކުރި މީހުން މާރާމާރީ ހިންގަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން ކަމަށާއި، އޭގެ ސަބަބުން މުޖުތަމައުގެ ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.