ރާއްޖޭގެ އެންމެ ބޮޑު އެއް ސްކޫލް ކަމަށްވާ މާލޭގެ މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލަކަށް އަހުމަދު މުޖާހިދު އައްޔަންކޮށްފި އެވެ.
މުޖާހިދު އެ މަގާމަށް އައްޔަންކުރީ ކުރިން މަޖީދިއްޔާގެ ޕްރިންސިޕަލަކަށް ހުންނެވި އައިޝަތު މުހައްމަދުދީދީ ދާދި ފަހުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އޭނަ ކުރިން ހުންނެވީ މާލޭ ސީއެޗްއެސްއީގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.
މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން މާސްޓާޒް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ވަނީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައެވެ. އަދި އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމާއި، ގައުމީ ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
+1
+1
+1
+1
+1
+1