މާލެ ސަރަހައްދުގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކުރާނެ 24 މިސްކިތެއް ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ރޯދަ މަހު މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ ހަތް މިސްކިތެއްގެ އިތުރުން ވިލިމާލޭގެ އެއް މިސްކިތުގައި ހިފްޒުކޮށް ތަރާވީސް ނަމާދުކުރާނެ އެވެ.
މާލޭގައި ހިފްޒުކޮށް ތަރާވީސް ނަމާދުކުރާ މިސްކިތްތައް
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)
- މަސްޖިދު މަލިކި ސަލްމާން (ސަލްމާން މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު (ދުނބުރި މިސްކިތް)
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދުލް ފުރުޤާން
- މަސްޖިދުއްނޫރު
- މަސްޖިދު އިބްރާހީމް
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މަސްޖިދުއް ޛިކުރާ
ހުޅުމާލޭގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކުރާ މިސްކިތްތައް
- މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ގުއްބު މިސްކިތް)
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދުލް ވާލިދައިނި
- މަސްޖިދު މުޙައްމަދު
- މަސްޖިދުލް އަޞްދިޤާ
- މަސްޖިދު ޙަސަން އާދަމް
- މަސްޖިދު އަމީލު ޖަލީލު
އިސްލާމިކް މިނިސްޓްރީން ބުނީ ވިލިމާލޭގައި ހިފްޒުކޮށް ތަރާވީސް ނަމާދުކުރާނީ މަސްޖިދު އިހްލާސްގައި ކަމަށެވެ.
+1
+1
+1
+1
+1
+1