ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ މަޝްހޫރު މީސްމީޑިއާ މަންސަ، ޓިކްޓޮކް ގެ އިސް ވަފުދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޓިކްޓޮކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވައިފައެވެ. އަދި ޓިކްޓޮކްގެ ވަފުދުން ވަނީ އެބޭފުޅުންނަށް މި ތަޞައްވުރަށް ވާސިލްވުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒާއި ޓިކްޓޮކްގެ ވަފުދުން ވަނީ މުސްތަޤުބަލުގައި ދެ ފަރާތުގެ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ އުއްމީދު ފާޅުކޮށްފައެވެ.
+1
+1
+1
+1
+1
+1