އެމަޖެންސީ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް މިއަދު ހުޅުމާލެ ފޭސް 2 ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ފޭސް 2ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި މިއަދު ހެނދުނު 9:30 އިން 10:30 އަށް އެމްއޭސީއެލް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ ޓަވަރުތައް އަދި ހޯކްސް ޕެޓްރޯލް ޝެޑުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މި މަސައްކަތަކީ ސްޓެލްކޯގެ ހިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ސްޓެލްކޯއިން ވަނީ ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
ހުޅުމާލޭގެ ފޭސް 2ގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމާޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި އިއްޔެ ބައެއް ހިޔާ ޓަވަރުތަކުންނާއި އަދި އެމްޕީއެލްޓަވަރުތަކުން ވެސް ބައެއް ގަޑިތަކުގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވެއެވެ.