ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ މުހިންމު މަޢުލޫމާތު ހިއްސާކުރެއްވުމަށް ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ސަރުކާރުގެ އަދާހަމަ ޚަބަރުތަކާއި މުހިންމު މަޢުލޫމާތު އަދި މެސެޖުތައް ހިއްސާ ކުރައްވާނެއެވެ. އަދި މި ޗެނަލާ ގުޅުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައިވެއެވެ.
+1
+1
+1
+1
+1
+1