މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން އޮފިސާ ޓްރެއިނީންގެ 50 މަގާމަށް މީހުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި މަދުވެގެން ދެ މާއްދާއިން 'ޑީ' ގްރޭޑް ހާސިލުކޮށްފައިވުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިހާނުގައި ދިވެހިން މަދުވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި އިއުލާނުގެ މުއްދަތު ހަމަވާއިރު އުމުރުން 40 އަހަރަށްވުރެ ދޮށީގެ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ފުރުސަތަކީ ގައުމަށް ހިދުމަތްކުރުމަށް ޝައުގުވެރިވާ އަދި ގައުމުގެ ސަރަހައްދުތައް ރައްކާތެރިކުރުމުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހާއި، ތަނާއި، ގަޑީގެ މައުލޫމާތު އިތުރަށް ހިއްސާކުރާނެ ކަމަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ ޗެނަލްތަކުން އަޕްޑޭޓްތައް ބަލަމުން ގެންދިއުމަށް އެދިފައިވެއެވެ
+1
+1
+1
+1
+1
+1