މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
އެގޮތުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ކަޅުހުރާ މަގު އަދި ކަރަންކާ މަގު ހިމެނޭ ސަރަޙައްދުން 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އާއި 10:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ސާރިއުވަރުދީ އަދި ޗަނބޭލީ މަގު ހިމެނޭ ސަރަޙައްދުން 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ (މިއަދު) މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
+1
+1
+1
+1
+1
+1