ފ. ނިލަންދޫގައި "ހަށިހެޔޮ ރާއްޖެ" ޕުރޮގުރާމު ފަށައިފިއެވެ.
މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ނިލަންދޫ ފިޓްނަސް ރިކްރިއޭޝަން ސެންޓަރާއި، ފ. އަތޮޅު ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަން ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ނިލަންދޫގައި ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ޖުމުލަ 140 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ނިލަންދޫގައި މި ޕުރޮގުރާމު ކުރިއަށްގެންދާނީ ޖޫން 25 އިން ޖުލައި 25ގެ ނިޔަލަށެވެ.
އެ ވުޒާރާއިން ބުނީ މިއީ އިންކްލޫސިވް އެންގޭޖްމަންޓާއި ވެލްނެސް ފޯކަސްޑް ހަރަކާތްތަކެއްގެ ތެރެއިން ދުޅަހެޔޮ، ހީވާގި މުޖުތަމަޢެއް އުފެއްދުމަށް ފަރުމާކޮށްފައިވާ ޕުރޮގުރާމެއް ކަމަށެވެ.
+1
+1
+1
+1
+1
+1