މީރީ" ޕްރޮޖެކްޓްގެ ފަރާތުން ހިންގާ "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ އެޕްލިކޭޝަންސް ހުޅުވާލައިފިއެވެ.
މި ކޯސްތަކަކީ ބައިވެރިންނަށް އެއްވެސް ޚަރަދެއް ނުހިނގާ، މުޅިން ހިލޭ ފޯރުކޮށްދެވޭ ކޯސްތަކެކެވެ.
އިގްތިސާދަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކޮށް ވާޒީފާގެ ބާޒާރަށް ތައްޔާރުކުރުގެ މަޤްސަދުގައި، ވަރލްޑްބޭންކްގެ އެހީއާއެކު މި މިނިސްޓްރީގެ ދަށުން ތަންފީޒުކުރަމުންދާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓްގެ ފަރާތުން "ޕިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ހިންގޭ ކޯސްތަކަކީ ބައިވެރިންނަށް އެއްވެސް ޚަރަދެއް ނުހިނގާ، މުޅިން ހިލޭ ފޯރުކޮށްދެވޭ ކޯސްތަކެކެވެ. ކޯސްތަކަށް ކުރިމަތިލުމަށް ހުޝައަޅާނީ ނެޝަނަލް ކެރިއަރސް ސާވިސް ގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ޤައުމީ ސަނަދު ލެވެލް 3 ގެ ކޯސްތަކަކީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑި.އޭ) ގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިޔަރީ ހިމެނޭގޮތަށް ހިންގާ ކޯސްތަކެކެވެ. "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މަޤްޞަދަކީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމެވެ. އަދި މި ކޯސްތައް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.