ގއ.ދާންދޫ ގައި އަލަށް އަޅާ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ އާރުޑީސީ އާއިއެކު ފަހުމުނާމާ އެއްގައި ވަނީ ސޮއިކުއްވާފައެވެ.
އެގޮތުން މި ފަހުމުނާމާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ނަޒްލީން ނަޖީބެއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ޝިފާއު އަހުމަދެއެވެ.
މިރަސްމިޔާތުގައި ގއ.ދާންދޫ ކައުންސިލް ރައީސް މުހައްމަދު އާސިފާއި، ގއ.ދާންދޫ ސިއްހީ މަރުކަޒުގެ ފަރާތުން ސީނިއަރ އެޑްމިނިސްޓްރޭޓަރ ޝަރީފް އަބްދުލް ގައްޔޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ގއ. ދާންދޫ ހޮސްޕިޓަލް އިމަރާތްކުރުމަށް އާރުޑީސީ އާއި ހަވާލުކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
+1
+1
+1
+1
+1
+1