މާލޭގައި މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ސޯސަން މަގުގައި މީހަަކަށް ހަމަލާދީ ޒަޚަމުކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 23:11 ހާއިރު ލިބުނު ކަމަށެވެ.
މި ހާދިސާގައި ހަމަލާދީފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކަމަކު، އޭނާއަށް ލިބުނު އެއްވެސް އަނިޔާގެ ތަފްސީލެއް ނުވަތަ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފުލުހުން އަންނަނީ، މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅުން ހުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
+1
+1
+1
+1
+1
+1