ރާއްޖޭގައި ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ ދިވެއްސަކު ރޭ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ސ،ހިތަދޫ / އަތަމާވިލާ، އަލީ ޢާނިމް މުފީދު 29، އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހްތިޖާޖް ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް މީސް މީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި ޕޯސްޓްތަކެއް ކުރި މައްސަލައިގައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
+1
+1
+1
+1
+1
+1