އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުމާއި ގުޅިގެން ޓްރެފިކް ބަންދުކޮށް މަގުތައް ބަންދުކުރަނީ އެމްޑީޕީއާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އިބުރޭ ވިދާޅުވީ "ފުލުހުން އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވާފައި އޮތީ މިރޭގެ ބައްދަލުވުމަށް އާޓިފިޝަލް ބީޗަށް އަންނަން އެއްވެސް މީހަކަށް ހުރަސް ނާޅާނެކަމަށް، މިހާރު ފުލުހުން ތިޔަ އެއްބަސްވީގޮތާއި ޚިލާފްވަނީ" ކަމަށެވެ.
"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުން އޮތީ 8:30 ގަ އެވެ.
+1
+1
+1
+1
+1
+1