ފަތުރުވެރިކަން ހިމެނޭހެން، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށް ޓަކައި އދ. އޮމަދޫ ރައްޔިތުންނަށް ތިން ފަޅެއް ދީފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގައި އޮމަދޫއަށް ދެއްވި ތިން ފަޅަކީ ކުޑަދޫފަޅާއި، ކޯޑު ނަންބަރު RF1329 ފަޅާއި ކޯޑު ނަންބަރު RF1330 ފަޅެވެ.
އޮމަދޫގެ އިހްތިސާސަށް ތިން ފަޅެއް އިތުރުކޮށްދެއްވިއިރު، މިއަދު ވަނީ އދ. އަތޮޅަށް ރައީސް ދަތުރުފުޅެއް ފައްޓަވައިފައެވެ.
ކައުންސިލްތަކަށް އާމްދަނީ ހޯދަން، ފަޅުތަކާއި، ފަޅު ރަށްރަށް ހޯދަން އެދުމުގެ ފުރުސަތު މީގެ ކުރިން ވަނީ ހުޅުވައިލައިފައެވެ. މީގެ ކުރިން ސަރުކާރުން ބުނި ގޮތުގައި އޭގެ ބޭނުމަކީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރާނެ ގޮތްތައް ފަހިކޮށްދިނުމެވެ.
+1
+1
+1
+1
+1
+1