ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ ދިވެހި ފިލްމް އިލްޒާމް މިހާރު އޮލިމްޕަހުގައި ދައްކަމުން ދާއިރު، ޓިކެޓުގެ ބާރު ބޮޑުވެ މާދަމާ މެންދުރުފަހު ވެސް އިތުރު ޝޯއެއް އެޅުވުމަށް ތައްޔާރު ވެއްޖެ އެވެ.
އެގޮތުން މާދަމާ މެންދުރުފަހު 2:30 ގައި ޝޯއެއް އެޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މިރެއާއި މާދަމާރޭވެސް ދަންވަރު ޝޯތައް އެޅުވުމަށް މިހާރު ވަނީ ނިންމާފައެވެ.
މި ފިލްމް ރާއްޖެތެރޭގެ އިތުރުން ރިސޯޓުތަކުގައި އެޅުވުމަށްވެެސް ވަނީ ހަމަޖެހިފައެވެ.
މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ.
މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ. މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެންދެ އެވެ.








