މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ މައުރަޒު ތިނަދޫ ސިޓީގައި މިއަދު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިއަދު ފަށާ ސިފައިންގެ މައުރަޒުގައި ނަޞްރުގެ ދުވަހުގެ ފޮޓޯތަކާއި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭ އާއި އާއިލީ ހަވީރު ވެސް ކުރިިއަށް ގެންދާނެ އެވެ.
މި މައުރަޒު ކުރިއަށް ދާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދި ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. މާދަމާ މައުރަޒު ކުރިއަށް ދާނީ ހެނދުނު 9:00 އިން 12:00 އަށް، ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހާ ގުޅިގެން ސިފައިންގެ މައުޒަރު ތިނަދޫގައި ބާއްވާ އިރު، އެ ސިޓީ އަކީ ނޮވެންބަރު 3، 1988 އުދުވާނީ ހަމަލާގައި ޝާހީދުވި ސިފައިންގެ ބޭކަލުންގެ ތެރޭގައި ހިމެނޭ ކޯޕަރަލް ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
އޭނަ އަކީ އެ އުދުވާންގައި ދުޝްމަނުންގެ ޙަމަލާތަކުގައި ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި ބޭކަލެވެ.








