ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ މޭޔަރ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމަށްކަން ހާމަ ކުރައްވައިފި އެވެ.
ނަޝީދު ވަނީ "އަލީ އާޒިމް މާލޭގެ މޭޔަރުކަމަށް" ވިދާޅުވެ ޕޯސްޓެއް ކުރައްވާފަ އެވެ.
https://twitter.com/MohamedNasheed/status/1987790607339647118
އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެމުގައި އިސްކޮށް އުޅުއްވުމަށްފަހު އަލީ އާޒިމް އަލުން އެމްޑީޕީއާ ގުޅުނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.
މިކަމާގުޅިގެން އަލީ އާޒިމްގެ ބަހެއް ހޯދާލުމަށް ގުޅުމުން ވިދާޅުވީ" މިވަގުތު ކޮމެންޓެއް ނެތް" ކަމަށެވެ.
މާލޭ ސިޓީ މޭޔަރު ކަމަށް އަލީ އާޒިމަށް ތާއީދު ކުރައްވާކަމަށް ނަޝީދު ވިދާޅުވިއިރު މިހާރު މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމް ވެސް ވަނީ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.








