ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ބަޔަކު މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ހިތާމަވެރި އެ ހާދިސާގައި މަރުވެ ދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެކްސިޑެންޓްގައި ފުރާނަ ގެއްލުނު ފަރާތްތަކަށް ސުވަރުގެ ދެއްވުން އެދިވަޑައިގެން ދުއާކުރައްވާ ކަމަށެވެ. އަދި ތުރުކީގެ ރައްޔިތުންނަށް ކުރިމަތިވި އެ ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތުރުކީގެ ރައްޔިތުންނާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.
ތުރުކީގެ އަސްކަރީ މަތިންދާބޯޓެއް އިއްޔެގެ ހަވީރުގ ެވަގުތެއްގައި ވެއްޓުނު ހާދިސާގައި އޭގައި ތިބި 20 ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގީ އެ ބޯޓް އަޒަރުބައިޖާނުން ފުރައިގެން ތުރުކީ އަށް ދަތުރު ކުރަނިކޮށް އަޒަރުބައިޖާނާއި ޖޯޖިއާ ބޯޑަރު ސަރަހައްދަށެވެ.
މި ހާދިސާ ތަހުގީގު ކުރަމުން އަންނަ އިރު ބައެއް މީޑިއާ ރިޕޯޓްތަް ބުނާ ގޮތުން ބޯޓު ވެއްޓުނީ އިންޖީނަށް ދިމާވި މައްސަލައަކުންނެވެ.








