އައިވީއެފް ހެދުމުގެ ފުރުސަތު ފަހިކޮށް ދޭން ގާއިމުކޮށްފައިވާ "ފާޓިލިޓީ ކެއާ ފަންޑް" އިން މި އަހަރު ދޭ އެހީ އަށް ހުޅުވާލައިފި އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ) އިން ބުނީ މިފަހަރު ހުޅުވާލިީ 50 ފުރުސަތު ކަމަށެވެ. އެގޮތުން އެހީ ދޭން ނިންމާފައިވާ ހުށަހަޅާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށެވެ.
އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 20 އާ ހަމައަށެވެ. ފޯމް ހުށަހަޅާނީ 'ވަންގަވް' ޕޯޓަލް
އައިވީއެފާއި އަައިޔޫއައިގެ ފަރުވާ އަށް ފާޓިލިޓީ ފަންޑުން އެހީތެރިވުމުގެ އުސޫލުތަކަށް ބަލާ އިރު އެހީއަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ، އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ މީހުންނަށެވެ. އަދި ދަރިމައިވުމަށް އެހެން ފަރުވާކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާ ދީފައި ވުމަކީ ވެސް ޝަރުތެކެވެ.
ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާ އަށް މިދިޔަ އަހަރު 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޖުމްލަ 93 ފަރާތަކަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އޭގެ ތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބު ކަމަށް އެންސްޕާ އިން ބުނެ އެވެ.








