ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ބޯންމެރޯ ޚަރަދުކޮށްފައިވާ ކަމަށް، ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެތަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބޯންމެރޯ ހެދުމަށް މި އަހަރުގެ މިހާތަނަށް 10 ފަރާތަކަށް އެހީ ފޯރުކޮށްދީފާ އިރު، ދިން އެހީގެ އަދަދު ޖުމްލަ 1،513،821ރ. އަށް އަރަ އެވެ. މިދިޔަ އަހަރު އަހަރު ބޯންމެރޯ ހެދުމަށް 9 ފަރާތަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އަދި އެކަމަށް 7،303،110ރ. ހޭދަކުރި އެވެ.
ހެލްތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެކުލަވާލެވުނު އެއްބަސްވުމެއްގެ ދަށުން، ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ޚަރަދުގައެވެ.
ތެލެސީމިއާ ބަލި މީހުންގެ ތެރެއިން، ކޮންމެ އަހަރަކު ވެސް މަދުވެގެން 10 ފަރާތެއް ބޯންމެރޯ ފަރުވާއަށް ފޮނުވަން ނިންމާފައިވެ އެވެ.








