ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލުމުން ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތަކެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ކުރިމަތިލެއްވި ބޭފުުޅުން
1- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
2- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ
3- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
4- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ
5- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ
6- އަލް އުސްތާޒް އިބްރާހީމް އަފީފް، ގުލްބަހާރުގެ. ބ. ތުޅާދޫ
7- ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
8- ޝައުފާ އިބްރާހީމް އަކިރިވިލާ. ދ.މީދޫ
9- މުހައްމަދު ވަހީދު އަލީ. ދަފްތަރު ނަމްބަރު: ރ.ސ.4095
10- މުހައްމަދު އިމްތިސާލް އަހުމަދު. މއ. މަލުވިލާ އުތުރުބައި.
11- އާމިނަތު ޝާދިޔާ. މ.ޕިސްތާގެ
12- އިބްރާހީމް ޝަރީފް. ގ. އަލިޝާ
13- މުހައްމަދު އަމީން ޒާހިރު، ނީލާ. ސ.ހިތަދޫ
14- މުހައްމަދު އަބާން އިބްރާހީމް، ގ.އަންމޯލް
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މަގާމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ގަ އެވެ.








