ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން ބުނީ ގއ.ވިލިގިއްޔާއި ގދ.ވާދޫއާ ދިމާ ބޭރަށް "ފެހިލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު 16:59 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން މެރިން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވެސް އޮތީ މެދުރާއްޖެ ތެރެއަށް ވައިޓް އެލާޓް ނެރެފައެވެ.
+1
+1
+1
+1
+1
+1








