ކުޑަކުދިން ތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ސަނީ އުމަރު ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅެނިކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގައި ފުރަތަމަ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައިތަނުން އެއަޕޯޓުން އިއްޔެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އިއްޔެ އޭނާއާ ސުވާލުކުރުމަށްފަހު ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުމުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް
ފުލުހުން ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތުއޮތްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިގެން ދާން އުޅުނުކަމަށެވެ. އަދި އެމައްސަލާގައި އޭނާ ހައްުޔަރުކުރުމަށްފަހު ދޫކޮށްލިކަމަށާއި، ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އޭނާ އަނެއްކާވެސް ހައްޔަރުކޮށްފައިވާކަމަށެވެ.








