އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު 2020ގެ އިންތިހާބަށް ވުރެ މި އިންތިހާބުގައި 550 މެމްބަރުން މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީއިން ބުނީ މި ފަހަރު ގޮނޑި މަދު ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ހޮވާނީ 681 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މުޅި ރާއްޖެއިން ހޮވާނީ 681 މީހުންނެވެ. އެއާ އެކު ދެ އިންތިހާބުގައި ޖުމްލަ ހޮވަން ޖެހޭނީ، 1362 މީހުންނެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި އެއިން ކޮންމެ ސިޓީއެއްގައި ވެސް މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭނެ އެވެ.








