ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ޑރ. ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ޕީޖީގެ ފަރާތުން އެދިގެން ނެރުނު އަމުރެއް ކަމަށެވެ.
މާކެޓިން ދާއިރާގައި ވަރަށް އިސްކޮށް އުޅުނު ސަނީ އުމަރަށް ތުހުމަތު ކުރެވެނީ, އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. ސަނީ އުމަރު ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު ދެ ވަނަ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށެވެ.
ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.








