ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރަކީ، މި ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގައި ފުރުޞަތު ދީގެންވާނޭ ކަމެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުގައި މަސައްކަތްކުރާނޭ ފަރާތްތަކައް އިންތިޚާބުތަކުން ފުރުޞަތު ލިބިގެންދިއުން ވެގެންދާނީ، އަޅުގަނޑުމެން އަމިއްލައަށް ކުރާ ގޯސްކަމަކަށް ކަމަށެވެ.
"މިތަންތަން ބަންދު ކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް ކުރާ ކަމެއް. ކޮށްފައިވާ ކަމެއް ކޮންމެވެސް ވަރަކަށް. ނަމަވެސް އެއްވެސް ކަހަލަ އިމްޕެކްޓެއް ނާދޭ. އަސަރެއް ނާދޭ. އެއްވެސް ކަހަލަ ނަތީޖާއެއް ނެތް ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުގައި އެ ޝަކުވާ ވަރަށް ގިނަ އިން އައުމާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް އެތައް ގުނައެއް މައްޗަށް ޖައްސާލައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހާއްސަ ހަރަކާތްތަކެއް ކަމާގުޅޭ ޓާސްކް ފޯހަކުން ފެށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ ގޯހެއްކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަޤްޞަދުގައި ދައްކާ ވާހަކައާ މެދު، އަޞްލަށް ރުޖޫޢަވެ، ތަޢައްޞަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މިނެކިރައިފި މީހަކަށް، އެކަން ޤަބޫލުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.








