ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑް ޤާއިމުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން، ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ފަށައިފި އެވެ.
މި މަސައްކަތް ބަލަހައްޓަމުންދާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
ބީލަން ހުށަހެޅުމަށްޓަކައި މި މަހުގެ 21 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީ-ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހެއެވެ. އަދި 25 ޖެނުއަރީ ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ. މި މަޝްރޫޢަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު 28 ޖެނުއަރީ ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އޮންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.








