ޖުމްހޫރީ ޕާޓީން(ޖޭޕީ) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މާދަމާ ރޭ ލޯންޗުކުރުމަށް ނިންމައިފި އެވެ.
ޖޭޕީން ބުނީ ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:45 ގައި އެ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ކަމަށެވެ. މި ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކައުންސިލު އިންތިހާބުގައި މާމިގިނލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމުގަ އެވެ.
އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވާދަކުރުމަށެވެ. އަދި އިންތިޚާބު ނުބާއްވާ އެޕާޓީއަށް ބައެއް ރަށްރަށުގެ ގޮނޑި ވަނީ ކަށަވަރުވެފަ އެވެ.








