މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސާސް ޓްރޭނިން ޕްރޮގްރަމްގެ ދެވަނަ ބެޗް ނިންމާލައިފި އެވެ.
ކޯސް 19 މީހަކު ފުރިހަމަކޮށްފައިވެ އެވެ.
މި ކޯސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފަ އިވަނީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްޢޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމުގެ މައްޗަށެވެ. މިއީ ކަރެކްޝަންސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.
ކޯހުގެ “ބެސްޓް އޯލް ރައުންޑް” ގެ މަގާމު ލިބިފައި ވަނީ ޕްރިޒަން ޕްރައިވެޓް އިބްރާހިމް އައިހަމް ޢަބްދުﷲ އަށެވެ. “ފިޓަސްޓް ފިރިހެން” އޮފިސަރަށް ހޮވިފައި ވަނީ ޕްރިޒަން ޕްރައިވެޓް ނިޝާމު ޢަބްދުލްބާރީ އެވެ.
ޗާލީ ޕްލެޓޫނުން އެންމެ ފާހަގަކޮށްލެއްވޭ އޮފިސަރަށް ޕްރިޒަން ޕްރައިވެޓް ޝާމް މުޙައްމަދު ހޮވިފައިވާ އިރު، އައިވަރީ ޕްލެޓޫނުން ހޮވިފައި ވަނީ ޕްރިޒަން ޕްރައިވެޓް ޙަސަން ފަރީޙް މުޙައްމެވެ. އަދި “އެންމެ މޮޅު ޕްލެޓޫން” ށް ހޮވުނީ ޗާލީ ޕްލެޓޫނެވެ.
ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލައިދެއްވީ، ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމެވެ.








