ކްއީން އޭން ކްރޫޒްލައިނަރ އިން 2،669 ފަތުރުވެރިންނަށް ކްލިއަރެންސް ދީފިއެވެ.
މިއީ، މި ކްރޫޒްލައިނަރ ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
އިނގިރޭސިވިލާތުގެ ކިއުނާޑް ލައިން ކުންފުންޏަކީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރޫޒްލައިނަރއެއް ގެނައި ކުންފުންޏެވެ. ކުއިން އޭން ރާއްޖެ ގެނެސްފައިވަނީ، ސުޕަ ޔޮޓުތަކާއި، ކްރޫޒްލައިނަރތައް ރާއްޖެ ގެންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ.
މިއީ، ކްއީން އޭން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ކުއީން "އޭން"އަކީ، ދިގުމިނުގައި 323 މީޓަރު އަދި ފުޅާމިނުގައި 36 މީޓަރު ހުންނަ އުޅަނދެކެވެ. މި ކްރޫޒްލައިންގައި 14 ފަންގިފިލާ ހުރެއެވެ.
މި ކްރޫޒްލައިންއިން ރާއްޖެއަށް 2669 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ފަޅުވެރިންގެ ގޮތުގައި 1،235 މީހުން އައިސްފައިވެއެވެ. ކްރޫޒްލައިނުން ރާއްޖެ އައި ފަތުރުވެރިން މާލެއަށް ވަނީ ފައިބާފައެވެ.
މި ކްރޫޒްލައިން ރާއްޖެ އައިސްފައިވަނީ ސޭޝެލްސްއިންނެވެ. އަދި ދެން މި ކްރޫޒްލައިން ދިއުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާއަށެވެ. މިއީ، މިއަހަރު ރާއްޖެ އައި 5 ވަނަ ކްރޫޒްލައިނަރއެވެ. އާދިއްތަ ދުވަހުވެސް އިތުރު ކްރޫޒްލައިނަރއެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.








