ކ. މާފުށީ ޖަލުގައި އަލަށް ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި އެވެ.
އަލަށް ބެހެއްޓި ޒަމާނީ ބޮޑީ ސްކޭނިން މެޝިން ބެެހެއްޓުން މިއަދު އިފްތިތާހުކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ޖަލުގައި ބެހެއްޓީ ބޮޑު ސްކޭން މެޝިނަކީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު އެއްޗެއް ކަމަށެވެ. އަދި މާފުށި ޖަލުގައި ބެހެއްޓުނު އެފަދަ ފުރަތަމަ މެޝިން ކަމަށާއި މީގެ ސަބަބުން ޖަލުގެ ކަންކަން ހަރުދަނާ ކުރަން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ އަލަށް ބެހެއްޓި މެޝިނުން މާފުށީ ޖަލުގެ ގައިދީންނާއި މުވައްޒަފުން އަދި އެހެނިހެން ބޭނުންތަކުގަ އިވެސް ޖަލަށް ވަންނަ މީހުން ސްކޭން ކުރާނެ ކަމަށެވެ.
+1
+1
+1
+1
+1
+1








