އދ. ދިއްދުގައި ސަރުކާރުން ތަރައްގީ ކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
ދިއްދޫގައި ފުޓްސަލް ދަނޑުގެ ބިންގާ އަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އދ. ގެ އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޓީސީސީން މިއަދު ވިދާޅުވިގޮތުގައި ދިއްދުގައި ސަރުކާރުން ތަރައްގީ ކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހު އެމްޓީސީސީން ވަނީ ނިންމާލައިފައެވެ.
ދިއްދޫގައި ފަށާ ފުޓްސަލް ދަނޑުގެ މަޝްރުއުގެ ދަށުން އެމްޓީސީސީން ކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ބިންގަނޑުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތްތަކާއި، ވަށާފާރު ރޭނުމާއި، ކަރަންޓް މަސައްކަތްތަކެވެ.
މިއީ 1.74 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭގައި ނިންމަން އެމްޓީސީސީ އަށް ހަވާލު ކުރި މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.








