ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާގެ ދާއިރާ އިން ކިޔަވަން ގިނަ އަދަދެއްގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވައިލި މި ފުރުސަތުގައި ހިމެނެނީ ޖުމްލަ 250 ސްކޮލަޝިޕެވެ. އެއީ ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ކިޔެވޭ ގޮތަށެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބެޗެލާސް ޑިގްރީއަށް ކިޔެވުމަށް ހުޅުވައިލި 120 ފުރުސަތާއި މާސްޓާސް ޑިގްރީއަށް ދޭ 20 ފުރުޞަތެވެ. އަދި ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް ދޭ 30 ފުރުޞަތާއި މާސްޓާސް ޑިގްރީން ހުޅުވައިލި 80 ފުރުސަތެވެ.
ރާއްޖެއިން ދޭ ސްކޮލަރޝިޕް ފުރުޞަތު: ބެޗެލާސް ޑިގްރީ:
* ސައިކޮލޮޖީ: 30 ފުރުސަތު
* ކައުންސިލިން/ބިހޭވިއާ ތެރަޕީ: 30 ފުރުސަތު
* އޮކިއުޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
* ސްޕީޗް ތެރަޕީ: 30 ފުރުސަތު
ރާއްޖެއިން ސްކޮލަޝިޕް ފުރުސަތު: މާސްޓާސް ޑިގްރީ:
* ސައިކޮލޮޖީ: 20 ފުރުސަތު
ރާއްޖެއިން ބޭރުން ދޭ ފުރުސަތު: ބެޗެލާސް ޑިގްރީ:
* ސްޕީޗް ތެރަޕީ: 30 ފުރުސަތު
ރާއްޖެއިން ދޭ ސްކޮލަޝިޕް ފުރުސަތު: މާސްޓާސް ޑިގްރީ:
* އޮކިއުޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
* ސްޕީޗް ތެރަޕީ: 30 ފުރުޞަތު
* ބިހޭވިއާ އެނަލިސިސް/ބިހޭވިއާ ތެރަޕީ: 20 ފުރުސަތު
މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 20 އާ ހަމައަށެވެ. އެޕްލައި ކުރާނީ މި ޕޯޓަލް kuri.gov.mv މެދުވެރިކޮށެވެ. އަދި އިތުރު މައުލޫމާތު މި މެއިލް [email protected] އާއި ހޮޓްލައިން 1474 އިން ހޯދޭނެ އެވެ.








