އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވޯޓުން ސަރުކާރަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، ރާއްޖޭގެ ގިނަ ސިޓީތަކާއި ރަށްތަކުގެ މެޖޯރިޓީ އެމްޑީޕީން ނަގާފައިވާއިރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައިވެސް ސަރުކާރުގެ ހުށަހެޅުމަށް ބޮޑުތަނުން ވަނީ ނޫނެކޭ ބުނެފައިކަމަށް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ހުރިހާ ސިޓީއެއް، ގިނަ ރަށްރަށެއް އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އެމްޑީޕީން ވަނީ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބުކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން މިއަދު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ވެސް ނަގައިފަ އެވެ. އެގޮތުން މިހާތަނަށް ލިބުނު ވަގުތީ ނަތީޖާ ދައްކާ ގޮތުން ގިނަ ރައްޔިތުން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނެފަ އެވެ.








