މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އިންޑިއަން އޯޝަން ސަރަޙައްދުގެ ޝަރަފުވެރި ހަ ދާއިރާއަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ އެވެ.
ރާއްޖެ ނޮމިނޭޓްވި ދާއިރާތައް:
* އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ޓޫރިސްޓް ބޯޑް
މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ، ދުނިޔޭގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. އެހެންވެ މިއީ އެ ސިނާޢަތުގެ އެންމެ މަތީ ފެންވަރު ރަމްޒުކޮށްދޭ އެވޯޑެކެވެ. އެ އެވޯޑް ދެމުން އަންނަނީ 1993 އިން ފެށިގެންނެވެ.
ޑަބްލިއުޓީއޭގައި ރާއްޖެ މިހާތަނަށް ބޮޑު ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.








