ހުޅުމާލެ އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށއިފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަނީ ހމ. ފްލެޓްނަންބަރު 05-3-2/ މާލެ، ޢާއިޝަތު އަލްޔާ ޢަލީ ކަމަށެވެ.
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގަ އެވެ.
އަލްޔާ އިއްޔެ ހަވީރު 4:15 އެހާކަންހާ އިރު ގެއިން ދިޔަ ގޮތަށް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ރޭ ދަންވަރު އެވެ. އެ ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް އަލްޔާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.








