ރައީސް ޑރ. މުހައްމަދު މުއިއްޒު ގަފުޒުުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި އެވެ.
އެ ދެ މީހުންގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލީ މާޗް 18 ގައި އެ ނޫހުން ގެެނެސްދިިން ޑޮކިއުމަންޓަރީއަކާ ގުޅިގެންނެވެ. އެ ޑޮކިއުމަންޓަރީގައި ކާކުކަން ނޭނގޭ ގޮތަށް އިންޓަވިއު ދިން ރައީސް އޮފީހުގެ ކުރީގެ އަންހެން މުވައްޒަފަކު ވަނީ ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށްފަ އެވެ.
ފިޔާޒާއި ހަސަނަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 1:00 އަށެވެ.
+1
+1
+1
+1
+1
+1








