ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި ރައީސްް އިބްރާހިމް މުހައްމަދު ސާލިހް އެކުގައި ބައްދަލުކުރެެެއްވުމަށްފަހު ސަރުކާރަށް ކުރި ފުރަތަމަ ޑިމާންޑެއްގެ ގޮތުގައި މިހާރު ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮަށްލަން ގޮވާލައިފިއެވެ.
މި ތިން ރައީސުން މިކަމަށް ގޮވާލެއްވީ ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދި އަދަދުގެ ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތް ހުއްޓާލަން ވެސް ތިން ރައީސުން ގޮވާލެއްވި އެވެ.
މިއީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ތިން ރައީސުން ގުޅިގެން ކުރައްވާ މަސައްކަތުގެ ތެރެއިން ހުށަހެޅުއްވި ފުރަތަމަ ޑިމާންޑެވެ.
ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލި ތަފާތު ތިން ބޭފުޅުންކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި ރައީސްް އިބްރާހިމް މުހައްމަދު ސާލިހް، މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަންް އެއް މޭޒެއްގެ ދޮށަށް މިރޭ ވަޑައިގަން ބޭއްވި ބައްދަލުވުމަކީ ތާރީހީ ބައްދަލުވުމެކެވެ.








