ފުވައްމުލަކަށް ނިސްބަތްވާ ރައްޔިތަކު އަދާލަތު ޕާޓީއާއި ގުޅުނުކަމަށް ވިދާޅުވެ އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިތުރުފުޅު ހައްދަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުހައްމަދު ހާލިދު (ކެއުޅާ) ފަދަ ފުވައްމުލަކުގެ ސިޔާސީ ދާއިރާގެ ތަޖުރިބާ ހުންނެވި ސިޔާސީގޮތުން ބަސް ވިކޭ ބޭފުޅަކު އަދާލަތު ޕާޓީއާއިއެކު ކުރިއަށް ވަޑައިގެންނެވުމަށް ނިންމަވައި ޕާޓީ އާއި ގުޅިވަޑައިގެންނެވުމަކީ ލިބިލެއްވި ހިއްވަރެއް އަދި ނުހަނު ބޮޑު އުފަލެއް ކަމަށެވެ.
އިމްރާންގެ ވާހަކަތައް އެންމެ ފުރަތަމަ ދޮގު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޝިފާގު މުފީދު (ހިސްޓޯ) އެވެ.
އެގޮތުން ހިސްޓޯ ވިދާޅުވީ އިމްރާން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.
"މީހަކު ގޮވައިގެން ދަމުން އެގެއަށް ކައިރިކޮށް ފޮޓޯ ނަގާފައި ތިޔަ ޓުވީޓު ކުރަނީ. ކެއުޅާ އަކީ ތިޔަ އިމްރާނުގެ ބަހަށް ހެއްލޭނެ މީހެއް ނޫން"
- ޝިފާގު މުފީދު
ހިސްޓޯ ވިދާޅުވީ އަދާލަތު ޕާޓީއަށް ވަންނާނެ މީހަކު ނުވީމައި ބުހުތާނު ދޮގު ހައްދަވައިގެން އިމްރާނު އުފައްދަވަނީ ފިތުނަ ކަމަށެވެ. އޭނާ ވަނީ ކެއުޅާ އަދާލަތު ޕާޓީއަށް ސޮއިކުރި ފޯމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ހިސްޓޯގެ އިތުރުން އެހެން ބައެއް ބޭފުޅުންވެސް ވަނީ އިމްރާން ހެއްދެވީ އިތުރުފުޅެއް ކަމަށް ވިދާޅުވެފަ އެވެ.
+1
+1
+1
+1
+1
+1