އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗަށް) ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފި އެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމާ ހަމައަށް ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އައިޖީއެމްއެޗަށް ހޯދަނީ ތިން ޑޮކްޓަރުންނެވެ.
އެންމެ ބޮޑު މުސާރަ ލިބޭ ޑޮކްޓަރަށް މުސާރައިގެ ގޮތުގައި 22،040 ރުފިޔާ ދެ އެވެ. ވަޒީފާއަށް ހޮވޭ ޑޮކްޓަރުންގެ ތެރެއިން އެންމެ ކުޑަ މުސާރަ ލިބޭ ޑޮކްޓަރަށްވެސް 15،090 ރުފިޔާ ދެ އެވެ.
މީގެއިތުރުން ކޮންމެ ޑޮކްޓަރަކަށް ވެސް ސާވިސް އެލަވަންސަށް މަކު 6،150 ރުފިޔާ އާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮންނަ އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސް ދޭނެ ކަމަށް އިއުލާނުގައި ވެ އެވެ.
އިއުލާނުގައިވާ ގޮތުން ވަޒީފާ އަށް މީހުން ހޮވާނީ ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާއާއި ގާބިލްކަމަށް ބެލުމަށްފަހު އެވެ.