އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގާއި އެ ކުންފުނި ބަދަލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ ދުނިޔެ ފުރަބަންދުވެ އިގްތިސާދީ ހަރަކާތް ހުއްޓި އާމްދަނީގެ ހުރިހާ މަގެއް ފަޅުވެ ދިޔައިރު ފަޅުނުވެ އޮތީ ވަށާ އޮތް ދިވެހި ނޫފަޅުތަކާ ރާއްޖޭގެ މަސްކަނޑުތައް ކަމަށާ ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގާ އެންމެ ގިނަ މަސް މިފްކޯ އަށް ކިރުވީ ނިމިދިޔަ
އަހަރު ކަމަށެވެ. އަދި ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް މިހާރު އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގާ ހޫނު ކަމެއް ހުންނަނީ ކިރާ މަހުގާ ފިނިކަމެއް ހުރެގެން. އެގޮތުން 118 ދޯންޏެއްގާ މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ،
ރައީސް ވިދާޅުވީ މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.
އިރާދަ ކުރެއްވިއްޔާ އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯ އަށް މަސްގަންނަ އަގު ބޮޑުވާނެ. ދެން މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގާ މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް. ދުނިޔޭގެ ބާޒާރުގާ ބޮޑު އަގު ލިބޭނަމަ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ