ހިތާމަޔަކީ މިއަދު އަޑުއެހުމާއި ހަޖަމުކުރުމުގެ ޤާބިލުކަންހުރި ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތުން ކަަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްވެވި ރިޔާސީ ބަޔާނަކީ އުންމީދުން ފުރިފައިވާ ބަޔާނެއް ކަމަށް މޯލްޑިވްސް ތަރޑް ވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ބުނެފި އެވެ.
އެމްޓީޑީއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ރައީސް ސާލިހު އިއްވެވި އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާނެއް ކަމަށާއި، އެޕާޓީން އެބާޔަން ބަލައިގަންނަ ކަމަށެވެ.
ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅުން ވަނީ ބޮއިކޮޓްކޮށްފަ އެވެ.
އިދިކޮޅުން ރިޔާސީ ބަޔާން އިއްވި ޖަލްސާ ބޮއިކޮޓް ކުރީ ހުދުމުހުތާރު ޑިމޮކްރަސީގެ ހަމަތަކާއި ބީރަށްޓެހި ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި އިސްވެ ދެންނެވުނު ކަންކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ.