ސްޓެލްކޯގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ ރައީސް ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ޝުކުރު އަދާކުރައްވާކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
މުޣުނީގެ ބަދަލުގައި ސްޓެލްކޯގެ މެނޭޖެން ޑިރެކްޓަރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވަނީ އައްޔަން ކުރައްވާފަ އެވެ.
އެކަމާއި ގުޅިގެން މުޣުނީ ކުރެއްވި ޓުވިޓެއްގައި ވަނީ ސްޓެލްކޯގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ ރައީސް ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ޝުކުރު އަދާކުރާ ކުރައްވާ ކަމަށާއި ރާއްޖޭގައި މިއަދު އޮތް އެންމެ ކާމިޔާބު ކުންފުންޏަށް ސްޓެލްކޯ ހެދިފައިވުމަކީ ލިބޭ ފަހުރެއް ކަމަށް ދާޅުވިއެވެ.
އެޓުވީޓުގައި މުޣުނީ ވަނީ ކޮރަޕްޝަންގެ ސަގާފަތް ސްޓެލްކޯ އިން ނައްތާލައި ޒުވާން ލީޑަރުން އުފެއްދުމަށް އޭނާއަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ސްޓެލްކޯގެ އެމްޑީކަމުން މުޣުނީ ވަކިކުރެއްވުމަށްފަހު އޭނާ ހަމަޖައްސާފައިވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ވެރިޔަކަށެވެ.