ސްޓެލްކޯގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި "ޕަވަރ ހައުސް މެނޭޖާރސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ނިންމައި، ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ރޭ ވަނީ ސެޓްފިކެޓް ދީފައެވެ. އެ ބައިވެރިންނާއި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.
ސްޓެލްކޯއިން ދިން މައުލޫމާތަށް ބަލާއިރު، މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވިގެންދާނެ އެވެ.
ހަތަރު ދުވަހުގެ މި ޕްރޮގްރާމަކީ މިކުންފުނިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް ބައިވެރިވިއެވެ.* މި
އަދި މި ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
އަދި މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ދީފައިވާއިރު، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އަޅާފައި ވެއެވެ.