ގައުމުތަކާއި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޕީޕީއެމްގެ މެންބަރުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އައުޓް ހަރަކާތާއެކު އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން މިއަދު އދ.މަހިބަދޫއަށް ވަޑައިގަތުމަށް ނިންމަވާފައިވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ގައުމުތަކާއި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ޕީޕީއެމްގެ މެންބަރުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާކަމަށާއި ރައީސް ޔާމީން އިސްވެ ހިންގަވާ އިންޑިއާ އައުޓް ހަރަކާތަކީ ރައްޔިތުންގެ ތާއީދު ނެތް ހަރަކާތެއްކަމަށެވެ.
ގައުމުތަކާއި ދެކޮޅަށް އިދިކޮޅު ހަރަކާތްތައް ނުހިންގެވުމަށް ނަޝީދު އެދިވަޑައިގެންނެވިއިރު ޔާމީން އިސްވެ ފައްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ފުޅާކުރުމަށް އެމަނިކުފާނު ގެންދަވަނީ އަތޮޅުތަކަށް ދަތުރުކުރައްވަމުންނެވެ. އެންމެފަހުން ރައީސް ޔާމީން ވަޑައިގެންފައިވަނީ އެހަރަކާތްތައް ހިންގެވުމަށް ގއ.ވިލިގިއްޔަށެވެ.
ޔާމީން މަހިބަދޫއަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، މިހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ޓީމެއްވެސް މިހާރުވަނީ މަހިބަދޫއަށް ގޮސްފައެވެ.