ގެއްލިގެން ހޯދަމުންދާ ލޯންޗާއި މުއާމަލާތު ނުކުރެވޭތީ އަދި ލޮކޭޓް ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މާލެއިން ފުރައިގެން ދ މީދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަމުން ދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފ ފީއަލި 7 މޭލު ބޭރުން ރާޅެއް އަރައިގެން ލޯންޗް ދިޔަވަމުންދާ ކަމަށާއި ލޯންޗްގައި 30 ފަސިންޖަރުން ތިބިއިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުނަށް ފ ފީއަލިން ދޯންޏަކާއި ފ ފިލިތެޔޮ ރިސޯޓުން ދޯންޏެއްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓް އެސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް މީގެ ކުރިން އެއިދާރާއިން ބުނެފައިވެއެވެ.
ހުޅަނގު މޫސުމުގައި ދަތުރުފަތުރު ކުރުމުގެ ކުރިން ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެމްއެންޑީއެފުން އަބަދުވެސް އިލްތިމާސް ކުރެއެވެ. އެހެންކަމުން ދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.