ކުރިއަށް އޮތް މަސް ދުވަސްތެރޭ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ކައުންސިލް އޮންނަ ތަނަކަށް އެ މަނިކުފާނު ދިއުން ކަމަށާއި ކައުންސިލްތައް އެ މަނިކުފާނުގެ އަރިހަށް ގެނައުމަށް ބޭނުންފުޅުނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ކައުންސިލް އޮންނަ ތަނަކަށް އެ މަނިކުފާނު ދިއުން ކަމަށާއި ކައުންސިލްތައް އެ މަނިކުފާނުގެ އަރިހަށް ގެނައުމަށް ބޭނުންފުޅުނުވާ ކަމަށެވެ.
"އަންނަ ހަފުތާގައި އިރާދަކުރެއްވިއްޔާ ރާއްޖެއިން ބޭރު ދަތުރެއް އެބައިން. އެ ދަތުރު ނިންމާފައި އަންނަ ގޮތަށް މަސް ދުވަސް މި ކަނޑައަޅަނީ ގާތްގަނޑަކަށް. ހުރިހާ ކައުންސިލަކާ އަޅުގަނޑުމެން ބައްދަލުކުރަން ރަށްރަށަށް ދާނަން." ރައީސް ވިދާޅުވި އެވެ.
ތ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ އަތޮޅުގެ ގިނަ ކައުންސިލްތަކާ ބައްދަލުކުރެއްވިއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ޑަބްލިޔުޑީސީއާ ބައްދަލުކުރެއްވުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުން ސާފުވެވަޑައިގަންނަވާނެ ކަމަށާއި އޭރުން ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.
ރައީސް އަންނަ އާދިއްތަ ދުވަހު ދުބާއީއަށް ވަޑައިގަންނަވާނެއެވެ. އެ ދަތުރުފުޅަށްފަހު އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.